މާލޭގެ އިމާރާތްތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނަގަން ކްރިމިނަލް ކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރެއް ނެރުނީ މިއަދު ފަތިހުކަން ހާމަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުން އެ އަމުރު ނެރުނީ، މާލެއަށް ފަތިސް ނަމާދަށް ބަންގި ގޮވިތާ ދެމިނެޓު ފަހުންނެވެ.
މިއީ ނަމާދު ވަގުތަކާ ދިމާކޮށް އަދި ހާއްސަކޮށް ފަތިހުގެ ވަގުތެއްގައި ކޯޓުން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. މި އަމުރު ނެރެފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހެވެ.
ކޯޓު އަމުރު ނެރެފައިވާ ސަބަބެއް ކަމަށް ވަނީ، ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާ ގޮތަށް އަދި އިންޑިއާގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތް ކުރާ ދިވެހި ރައްޔިތުންގެ މަސްލަހަތަށް ބުރޫ އަރާ ގޮތަށް އެ ގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދައި އަދި އެގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް މާލޭގެ ބައެއް ގޭގޭގައި އިންޑިއާއާ ދެކޮޅު ލިޔުންތައް ލިޔެ ބެނާ ހަރު ކުރަމުންދާތީ ކޯޓު އަމުރެއް ހޯދައިގެން އެ ގޭގެއަށް ވަދެ ހަރުކޮށްފައިވާ ބެނާތައް ނައްޓަން ފުލުހުން ބޭނުންވާތީއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ބެނާ ނެގުމަށް އަނގަ ބަހުން އިއްޔެ ގޭގޭގެ ވެރިފަރާތަށް އެންގި ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
ކޯޓު އަމުރާއެކު ފުލުހުން މިއަދު ހަވީރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ހުރި ބޮޑު ބެނާގެ އިތުރުން ޕީޕީއެމްގެ އޮފީހުގައި ހަރުކޮށްފައި ހުރި ބެނާއެއް ނަގައި ފުލުހުންގެ ބެލ؛ުމުގެ ދަށަށް ގެންގޮސްފައެވެ.
"އިންޑިއާ އައުޓް" ބެނާތައް ނަގަން ކޯޓުން އަމުރު ނެރުނީ ފަތިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ