ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވައިފި

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ފުވަށްމުލަކު ސިޓީއަށް ވަޑައިގަންނަވާފައެވެ. ރައީސް ވަޑައިގެންނެވުމުން އެ ސިޓީއިން ރައީސަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. މިކަމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ވަޒީރު މުހައްމަދު ރަޝީދު އިބްރާހިމާއި އެހެންވެސް ގިނަ އިތްޒަތްތެރިން ތިއްބެވެ.
އަށް އަވަށް އޮންނަ މި ރަށަށް ރައީސް ދަތުރުކުރެއްވީ މި ސިޓީގެ ފެނާއި، ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުންނެވެ. ރައީސް ޔާމީން ވަޑާއިގެންނެވުމާ ގުޅިބޭއްވޭ ރަސްމީ ޖަލްސާ އޮންނާނީ މިރޭފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލްގަ އެވެ.
މި ދަތުރުފުޅުގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމާއި، މިނިސްޓާ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ސޯޝަލް އެފެއާޒް މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ