ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފި އެވެ.
ފެމިލީ ކޯޓުގެ އިސްގާޒީ ސަސްޕެންޑް ކުރީ އޭނާއާ ގުޅޭ ގޮތުން ބަލަމުން އަންނަ ސުލޫކީ މައްސަލައަކާ ގުޅޭ ގޮތުން ކަމަށް ޖުޑިޝިއަލް ސާވިސް ކޮމިޝަންގެ އިސް އޮފިސަލަކު ވަނީ ވީނިއުސްއަށް ކަށަވަރު ކޮށްދީފައެވެ.
ޖޭއެސްސީއިން ބުނީ، ވަކި ގޮތެއް ކަނޑައަޅަންދެން އިސްގާޒީ ވަޒީފާއަށް ނުނިކުތުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
"ކޮމިޝަނުން މިގޮތަށް ނިންމީ ފެމިލީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދާ ބެހޭގޮތުން ކޮމީޝަނަށް ހުށަހެޅި ތަޙަޤީޤުކުރަމުންދާ ޝަކުވާއަކާ ގުޅިގެން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޙްޤީޤުކޮމިޓީން މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ޤާނޫނުގައިވާގޮތުގެމަތީން ލިބިދެވެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ." ޖޭއެސްސީގެ ވެބްސައިޓްގައިވެ އެވެ.
ވީނިއުސްއަށް އިނގިފައިވާ ގޮތުން، ޖޭއެސްސީ އިން ހަސަން ސައީދުގެ މައްސަލަ ބަލަނީ، ފެމިލީ ކޯޓުގެ ބައްދަލުވުމެއްގައި މުވައްޒަފުންނަށް މުހާތަބުކޮށް ދެއްކި ވާހަކައެއްގައި ހައިކޯޓަށް އެންމެ ފަހުން އައްޔަން ކުރި ފަނޑިޔާރުންނަކީ އެންމެ ކޮރަޕްޓް މީހުންނަށް ކަމަށް ބުނެ އޭނާ ވާހަކަ ދައްކަވާފައިވާތީވެ ކަަމަށެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ