"މަތާފް" ސަރަހައްދުގައި ހައްޖު މޫސުން ނިމެންދެން ނަމާދު ނުކުރެވޭ ގޮތަށް ހަމަޖައްސައިފި

ހަރަމްފުޅުގެ ވަށައިގެން އޮންނަ "މަތާފް" ސަރަހައްދުގައި މާދަމާ އިން ފެށިގެން ހައްޖު މޫސުން ނިމެންދެން ނަމާދު ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ސައުދީ ޙައްޖު މިނިސްޓްރީން ބުނީ މި ގޮތަށް ހަމަޖެއްސުމުން ދެން ނަމާދުކުރަންވާނީ ހަރަމްފުޅުގެ ވަށައިގެން ހުރި އިމާރާތްތަކުގައި ކަމަށެވެ. އަދި މި ގޮތަށް ހަމަޖެއްސީ ޠަވާފްކުރަން އަބަދުވެސް ގިނަ އަދަދެއްގެ ބައަކު ތިބޭތީ ޠަވާފްކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.
މިއަދު ހަމަޖެއްސި ޤަވާއިދުގައިވާ ގޮތުން ރަމަޟާން މަހުވެސް މިއުޞޫލަށް އަމަލުކުރާނެއެވެ. އެހެންކަމުން ރަމަޟާންމަހު ވެސް މަތާފް ސަރަހައްދު ޚާއްޞަ ކުރެވޭނީ ހަމަ އެކަނި ޠަވާފްކުރާމީހުންނަށެވެ. ނަމާދު ކުރަންޖެހޭނީ ހަރަމްފުޅުގެ ވަށައިގެން ހުރި އިމާރާތްތަކުގައެވެ.
ރަމަޟާން މަހަކީވެސް ވަރަށް ގިނަ ބައަކު އުމުރާވުމަށް ދާ މަހަކަށް ވުމުން މިބަދަލުގެ ސަބަބުން ވެސް ގިނަ ބައަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހައްޖު މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ