ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާއަކީ ރާއްޖެ ޓީވީގެ ރިޕޯޓަރެއް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވުމުން ރޮޒައިނާ އެކަމަށް ރައްދުދީ އޭނާ ލަދުގަންނަވާލައިފި އެވެ.
އައްޑޫ ސިޓީ މީދޫގައި ޕީޕިއެމް އިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ރައްޔިތުންގެ މަޖިލީހުގައި ރޮޒައިނާ އުޅުއްވަނީ ފޮޓޯ ނެގުމުގައި ކަމަށްވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ. އަދި އައްޑޫ ސިޓީ މީދޫއަށް އަންނަ ތަރައްގީއަކީ ވެސް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އަކީ ރާއްޖެޓީވީގެ ރިޕޯޓަރެއް ކަމަށް އިބްރާހިމް ދީދީ ވިދާޅުވީމަ ޝުކުރު އަދާ ކުރައްވާ ކަމަށާއި ރާއްޖެޓީވީގެ ރިޕޯޓަރުންނަކީ މި ގައުމުގެ ބަތަލުން ކަމަށެވެ.
އަދި އިދިކޮޅަށް ނަމަވެސް ރާއްޖެޓީވީގެ ރިޕޯޓަރުންނާ "އެއް ހަމައެއްގައި މިނެކިރާލީތީ" އެއީ ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެ އިބްރާހިމް ދީދީއަށް ރޮޒޭނާ ރައްދު ދެއްވި އެވެ.
އޭގެ އިތުރުން ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރަކީ އެ ވަގުތަކު ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ މީހެއް ކަމަށެވެ. އަދި އެއީ ކެމެރާ ކުރުން ނަމަވެސް އަދި ގާޑިޔާ ދަމާ މީހަކަށް ވިއަސް އެންމެ ރަނގަޅު ކަމަށް ވިދާވި އެވެ.
ރޮޒައިނާ ވަނީ މި ޓޫވީޓްތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޭނާ ނެންގެވި ފޮޓޯއަކާއި އަދި އެމްޑީޕީން ބޭއްވި މުޒާހަރާގައި ސައުންޑް ސިސްޓަމް ބަހައްޓާފައިހުރި ގާޑިޔާއެއް ދަމާ ފޮޓޯއެއް ވެސް ޓޫވީޓް ކުރައްވާފަ އެވެ.
އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާތަކުގައި ހަތަރުފުރޮޅުލީ އުނޅަނދު ނުދުއްވޭނެ ކަމަށް ފުލުހުން އެންގުމުން ރޮޒައިނާ ވަނީ މުޒާހަރާތަކުގައި ސައުންޑް ސިސްޓަމް ބަހައްޓާފައިވާ އަތްގާޑިޔާ ދުއްވަމުން ހިނގާލުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތެރޭގައި ހަލަބޮލިވެގެެންދިޔަ ވަގުތު ތަކުގައި އެ މަންޒަރުތައް ފޭސްބޫކް މެދުވެރިކޮށް ލައިވް ކޮށްދެއްވިއެވެ. އަދި އެ މަންޒަރުތައް ބަލާ މީޑިޔާތަކުން މަޖިލިސް ޖަލްސާތައް ކަވަރުކުރި އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
މެމްބަރު ރޮޒައިނާ، މެމްބަރު އިބްރާހިމް ދީދީ ލަދުގަންނަވާލައިފި؟!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ