ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެއްޖެ

ހެންވޭރު ފަހާގޭގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުންބުނީ މި ހާދިސާގެ މައުލޫމަތު ލިބުނީ 20:55 ގައި ކަމަށާއި ފަޔަރއެންޑް ރެސްކިއުސާރވިސްއިން ހަރަކާތް ތެރި ވަމުން ގެންދާ ކަމުގައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފަހާގޭ ހަތަރުވަނަ ފަންގިފިލާގައި ކަމަށާއި އަލިފާންގަނޑުގެ 90 ފަސެންޓް ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެންއެމްޑީއެފުން ބުނެއެވެ.
އަދި މިއާރާތުގެ މަތީ ބައިތަކުގައި ތިބި މީހުން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އިތުރު މައުލޫމާތު އަދި އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ