އިސްލާހީ މަސައްކަތްތައް ކާމިޔާބުވުމުގެ އަލާމާތްތައް ފެންނަން ފަށައިފި - މައުމޫން

އިސްލާހީ މަސައްކަތްތައް ކާމިޔާބުވުމުގެ އަލާމާތްތައް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ރޭ ކުނޫޒްގައި ބޭއްވި އިދިކޮޅު ފަރާތްތަކުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ، ސަރުކާރަށް ކަންކަން ކުރަން އެނގިވަޑައި ނުގަންނަވާކަމަށާއި، އެފަދަ ކަންކަން ދިމާވުމަކީ އިދިކޮޅު ފަރާތްތަކުގެ އިސްލާހީ މަސައްކަތްތައް ކާމިޔާބުވަމުންދާކަމުގެ އަލާމާތްތަކެއް ކަމަށެވެ.
އެގޮތުން ގާނޫން އަސާސީ ނެގެހެއްޓުމަށް އިސްނަގައިގެން ޕެޓިޝަންތަ ހުށަހެޅި ވަކީލުން ސަސްޕެންޑު ކުރުމުން ހައިރާންވިކަމަށް ވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވީ، އެ ފުރުސަތުގެ ބޭނުން ހިފައި ޕެޓިޝަން ބަލައިގަނެ އެއަށް ތައުރީފް ކުރި ނަމަ ސަރުކާރުގެ ނަން މީހުންގެ ތެރޭގައި ވަރަށް ބޮޑަށް އުފުލިގެން ދާނެ ކަމަށެވެ.
އަދި އޭގެ އިތުރުން، ފްލެޓުތަކުގެ މައްސަލާގައި ވާހަކަތަކަށް އިޝާރަތްކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، ފްލެޓްތައް ލިބުނު ބައެއް ހާމަކޮށްފައިނުވާއިރު، އެކަންވެސް ހިތުހުރި ގޮތަކަށް ތެޅިފޮޅިގެން ކަންކަން ކުރަން އުޅުމުގެ ސަބަބުން އެކަމުގެ ނަތީޖާ ނިކުމެފައި ވަނީ ގޯސްކޮށް ކަމަށެވެ. އަދި އެކަންވެސް، އިންސާފުވެރިކޮށް ކުރި ނަމަ ރައްޔިތުން ބަލައިގަންނާނެ ކަންކަން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މީގެން މި ދޭހަވަނީ އެ ފަރާތްތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފިކަން. ރީތިކޮށް ވާހަކަދައްކައިގެން ކަންކަން ކުރެވޭކަށް ނެތް ކަން، ތެޅިފޮޅިގަނެގެން ގޯސްކަންތައް ކުރެވޭ ކަން، އެހެންވީމަ އެ ބޭފުޅުންގެ ހާލަތު ވަރަށް ދަށަށް ގޮސް ކިރިޔާ ހިފެހެއްޓޭ ނުހިފެހެއްޓޭ ހިސާބުގައި އެ އުޅެނީ،" ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ