މެދު ތެރޭގެ ބައެއް އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި އެވެ.
މިއަދު ހެނދުނު 6:40 ހާއިރު ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.
ހުދު ސަމާލު ނެރެފައި ވަނީ އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އުތުރާއި މެދުތެރޭގައި އާދައިގެ ވަރަކަށް ކަނޑު ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވި އެވެ.
މެދު ތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ