އުއްތަމަފަނޑިޔާރުކަމަށް އަހުމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދ،ު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.
މި 2 ބޭފުޅުން މަގާމަށް އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް ހަމަޖެއްސެވި އަހުމަދު މުއުތަސިމް އަދުނާން ވަނީ 2010 އިން 2014 އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ގްލާސްގޯ ޔުނިވަރސިޓީން ޓްރާންސް ނޭޝަނަލް ކޮމާޝަލް ލޯއިން މާސްޓާރސް އޮފް ފިލޯސަފީ ވަނީ ހާސިލު ކުރައްވާފައެވެ. އިނގިރޭސި ވިލާތުގެ ބަކިންގހަމް ޔުނިވަރސިޓީން، ބެޗްރަލަރ އޮފް ލޯ ވެސް ވަނީ ހާސިލުކުރައްވާފައެވެ. ރައީސް އޮފީހުގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި މުއުތަސިމަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އާދީއްތަ ދުވަހު ހަމަޖެއްސެވި ސުއޫދު ވަނީ އޮސްޓްރޭލިޔާގެ ކްއީންސްލޭންޑް ޔުނިވަރސިޓީން މާސްޓާރސް އޮފް ލޯ ހާސިލުކުރައްވާފައެވެ. އަދި ސުއޫދު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯގެ އޮނާސް ޑިގްރީއެއް ވެސް ހާސިލުކުރައްވާފައެވެ. ސުއޫދު އެންމެ ފަހުން ހުންނެވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ޗެއާމަންގެ މަގާމުގައެވެ.
ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދިނުމާއެކު، އޭނަ ވަނީ ރިޔާސީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.
މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އައްޔަންކުރެއްވި ސުއޫދަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ