އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު ސުޕްރީމް ކޯޓުގެ ޝަރީއަތްތައް މާދަމާ ފަށަނީ

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރުން އައްޔަން ކުރުމަށް ފަހު އެ ކޯޓުގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލުކޮށްފި އެވެ.ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުގަ އެވެ. ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަނު ކުރެވުނީ ނިމުނު އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ކޯޓުގައި އަޑުއެހުމެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވުމަށް ފަހު މާދަމާއަށް ވަނީ ތިން މައްސަލައެއް ތާވަލުކޮށްފަ އެވެ.ފެށޭ ހަފްތާއަށްވެސް ގިނަ މައްސަލަތަކެއް ވަނީ ތާވަލުކޮށްފަ އެވެ. އޭގެތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅައި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތައްވެސް ހިމެނެ އެވެ. މީގެ 10 އަހަރުކުރީގެ މައްސަލަތަކެއްވެސް ވަނީ ތާވަލުކޮށްފަ އެވެ.ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނުބަލައި ގިނަ ދުވަސްވާ ކަމަށް ބުނެ ގިނަ ބަޔަކު މީގެ ކުރިން އަބަދުވެސް ޝަކުވާ ކުރެ އެވެ. މީގެ ކުރިން އެ ކޯޓުން އަހަރަކު 10 މައްސަލައަށްވުރެ މަދުންވެސް ބަލާފައި އެބަހުއްޓެވެ. ހަފްތާއެއްގެ ތެރޭގައި ސުޕްރީމް ކޯޓުގައި ބަލަން ތާވަލު ކުރި މިއީ ފުރަތަމަ ފަހަރެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ