ފުވައްމުލަކުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ތިން ގަޑިއިރަށް މުޅި ރަށުން ކަރަންޓު ކަނޑާލަނީ

ފުވައްމުލަކު ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް މިއަދު ތިން ގަޑިއިރަށް މުޅި ރަށުން ކަރަންޓު ކަނޑާލަން ހަމަޖެހިފައި ވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިގެ މީޑިއާ އޮފިޝަލަކު ”ހަފްތާ“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، އާ ޓްރާންސްފޯމާ އިންސްޓޯލް ކުރުމަށް މިއަދު މުޅި ރަށުން ކަރަންޓު ކަނޑާލަން ނިންމާފައި ވާކަމަށެވެ.
އަދި ކަރަންޓު ކަނޑާލާނީ 2 ޖަހާއިރު ކަމަށާއި، އެ މަސައްކަތައް ތިން ގަޑިއިރު ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ފުވައްމުކުގައި ކަރަންޓުގެ މައްސަލަ ޖެހުނީ އެ ރަށުގައި ބޭނުން ކުރަމުން އައި 2500 ކިލޯވޮޓުގެ ޓްރާންފޯމާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އޭގެ ސަބަބުން އެ ސިޓީގައި ފެނުގެ ހިދުމަތައްވެސް ބުރޫއެރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ