މޫސުން ގޯސްވެ ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުމާ ގުޅިގެން ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 21:45 އިން ދަންވަރު 2 ޖެހުމާ ހަމައަށެވެ.
މިވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖެ އަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، ކަނޑުމަތީގައި ނުރައްކާތެރި ބައެއް ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ