ފަސް އަހަރުގެ ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި 36 އަހަރުގެ މީހަކު މަނަދޫން ހައްޔަރުކޮށްފި

ފަސް އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ނ.މަނަދޫ އިން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މަނަދޫ ޕޮލިސް ސްޓޭޝަނުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މަނަދޫގަ މީހަކާއި އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެއް ކަމަށެވެ.
މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނާއި، މަނަދޫ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުން މިހާރު ގެންދަވަނީ ތަހުގީގުކުރެވެމުންކަމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން މައުލޫމަތު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ