އިންޓަރނެޓް އަގު ދަށްކުރަން ވައުދުވީ މިނިސްޓަރ މަލީހު އެއް ނޫން: މެމްބަރު އުޝާމް

އިންޓަރނެޓް އަގު ދަށްކުރަން ވައުދުވީ މިނިސްޓަރ މަލީހު އެއް ނޫން ކަމަށާއި އެއީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.
އުޝާމު ވިދާޅުވީ، މަލީހުގެ މަސްއޫލިއްޔަތަކީ އިންޓަރނެޓް އަގު ހެޔޮކުރަން ރިސާރޗްތައް ކޮށް ކުރެވެން އޮތް ގޮތް ޕޮލިސީ ލެވެލްގެ ބޭފުޅުންނަށް ކިޔައިދިނުން ކަމަށެވެ. އަދި އެހިސާބުން އެކަން ތަންފީޒު ކުރުމަށް ކުރެވެން ހުރި ކަންކަން ޕޮލިސީ ލެވެލްގައި ކުރުވުމަކީ ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެންކަމުން އިންޓަރނެޓް އަގު ދަށް ނުވާތީ ގަވައިދެއް ނުހަދާ ގެން ވަޒީރަކު މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މެމްބަރު އުޝާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ