ގެއްލިގެން ހޯދާ މީހާ ހުރީ ދުބާއީގައި

ގެއްލިގެން ހޯދަމުން ގެންދާ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު 25، ރާއްޖޭގައި ނެތް ކަން ޔަގީންވެއްޖެ އެވެ.
މިސްބާހު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ހުށަހެޅުމުން އޭނާ ހޯދަން ފުލުހުން އިއުލާންކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
އިމިގްރޭޝަނާ ހަވާލާދީ ފުލުހުން މިއަދު ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު މިސްބާހް ރާއްޖޭން ފުރި ފަހުން އެނބުރި ރާއްޖެ އައިސްފައި ނުވާ ކަމަށް އިމިގްރޭޝަނުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. މިސްބާހު ފުރާފައިވަނީ ދުބާއީ އަށެވެ.
އެނގިފައިވާ ގޮތުގައި މިސްބާހަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ