ކޮވިޑް-19 ބަލީގައި އަނެއްކާވެސް މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 103 އަށް އަހައިފިއެެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 79 އަހަރުގެ މީހަކު ރޭ 23:14 ގައި ނިޔާވެފައިވާކަމަށެވެ.
ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މި ބަލީގައި ރާއްޖެއިން 103 މީހަކު މިހާތަނަށް ނިޔާވެފައިވެއެވެ.
ކޮވިޑް-19ގެ ކޭސްތައްވެސް އިތުރުވެފައިވާއިރު އިއްޔެވެސް ރާއްޖެއިން އިތުރު 1،433 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެފައިވެއެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،294 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 134 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 5 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
އަލަށް ޕޮޒިޓިވްވި 1،433 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 45،956 އަށް އަރާފައެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 16،997 ގައެވެ. މީގެތެރެއިން 268 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
އަނެއްކާވެސް ކޮވިޑް މަރެއް، އަދަދު 103 އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ