އަންނަ މެއިމަހުގެ 29ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލޭ ސިޓީގެ ހުޅުމާލޭ ދާއިރާގެ ރައީސަކަށް ވާދަކުރުމަށް ރިޒްނާ ޒަރީރު ނިންމައިފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ރައީސަކަށް ރިޒްނާ ވާދަކުރާނޭކަން އޭނާ ވަނީ މީސް މީޑިޔާގައި އިޢުލާންކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރިޒްނާއަކީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ފަރާތެވެ. ނަމަވެސް އޭނާ ވަނީ މި އިންތިޚާބުން ބަލިވެފައެވެ.
މީގެކުރިން ރިޒްނާ ވަނީ ގިނަ ދުވަސްތަކެއްވާާންދެން ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: ހުޅުމާލޭ ދާއިރާގެ ރައީސަކަށް ރިޒްނާ ވާދަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ