ގިނަ ދަރިން ހޯދާ އަންހެނުން މުސްކުޅި ވަނީ ލަހުން

އަހަރެމެންނަށް ހީވެފައި އޮންނަނީ ދަރިން ހޯދުމުން އަންހެނުން އަވަހަށް މުސްކުޅިވާ ކަމަށެވެ. އަދި ގިނައިން ދަރިން ހޯދާ އަންހެނުން މަދުން ދަރިން ހޯދާ އަންހެނުންނަށް ވުރެ އަވަހަށް މުސްކުޅިވާ ކަމަށެވެ.
ނަމަވެސް މީރަނގަޅު ހީއެއް ނޫންކަން ދިރާސާ އަކުން ދައްކައިފިއެވެ.
ކޮލަމްބިއާގެ ޔުނިވަސިޓީ އެއް ކަމަށްވާ ސިމޮން ފްރޭސަރ ޔުނިވަސިޓީ އިން ކޮށްފައިވާ ދިރާސާ އަކުން ދައްކާފައިވާ ގޮތުގައި ގިނައިން ދަރިން ހޯދާ އަންހެނުން މުސްކުޅިވުން ލަހެވެ.
ކޮލަމްބިއާ އާއި ކެނެޑާގެ 75 އަންހެނުން ހިމަނައިގެން 13 އަހަރު ވަންދެން ކުރި ދިރާސާ އަށް ބަލާފައި ދިރާސާ ކުރި ޓީމުން ބުނީ ގިނައިން ދަރިން ހޯދާ އަންހެނުންގެ ސެލްތައް ދިރާސާ ކުރުމުން އެމީހުންގެ ސެލްތައް "މުސްކުޅިވުން" ލަސްކަމަށް ދައްކާފައިވާ ކަމަށެވެ.
އަންހެނުންގެ ހަށިގަނޑަށް އުމުރުން ދުވަސްވުމުން އަންނަ ބަދަލުތައް ދިރާސާ ކޮށްފައިވާ މިދިރާސާގައި ބުނެފައި ވަނީ ގިނަ ދަރިން ހޯދާފައިވާ އަންހެނުންގެ ހަށިގަނޑު މުސްކުޅިވުން ލަސް ކަމަށެވެ.
ދިރާސާގައި ބުނެފައި ވަނީ މިހެން ދިމާވަނީ މާބަނޑު ދުވަސްވަރު ހަށިގަނޑުގައި އުފައްދާ ހޯމޯންތަކުގެ ސަބަބުން ކަމަށެވެ.
މިދިރާސާގައި ބުނެފައި ވަނީ ގިނަ ދަރިން ހޯދާ އަންހެނުން އުޅޭ މާހައުލަކުން ވެސް އެމީހަކު މުސްކުޅިވުން ލަސްވާ ކަމަށެވެ. އާއިލާ އާއި ރަހުމަތްތެރިންގެ އެހީތެރިކަން ބޮޑަށް ލިބިގެން އުޅޭ އަންހެނުން މުސްކުޅިވުން ލަސްކަމަށް ދިރާސާގެ ނަތީޖާގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ