ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯނީޑެޕް އޭނާގެ ކުރީގެ އަނބިމީހާ އެމްބާ ހާޑް އާއި ދުރުގައި ހުރުމަށް އެމެރިކާގެ ކޯޓަކުން އޭނާގެ މައްޗަށް އަމުރުކޮށްފިއެވެ.
ޖޯނީޑެޕްގެ މައްޗަށް ކޯޓުން މިގޮތަށް އަމުރުކޮށްފައި މި ވަނީ އޭނާ އެމްބާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް އެމްބާގެ ފަރާތުން ކޯޓަށް ހުށަހެޅުމާއި ގުޅިގެން އިއްޔެއާއި މިއަދު ކުރިޔަށްދިޔަ އަޑުއެހުންތަކަށް ފަހުގައެވެ.
އެމްބާ ކޯޓްގައި ބުނީ ޖޯނީޑެޕް އާއި ދެމެދު ހިނގި ޒުވާބެއްގައި ޖޯނީޑެޕް އޭނާގެ މޫނުމަތީގައި ފޯނަކުން ޖަހައި ޒަހަމްކޮށްލާފައިވާކަމަށެވެ. އެމްބާ އޭނާގެ މޫނުމައްޗަށް ލިބިފައިވާ އަނިޔާތައް ދައްކައިދޭ ފޮޓޯތަކެއް ކޯޓަށް ހުށަހަޅާފައިވާއިރު އޭނާ ކޯޓުން ނިކުމެގެން ދިޔަ ވަގުތު މޫނުމައްޗަށް އަނިޔާލިބިފައިވާތަން ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރެން ފަށާފައެވެ.
"އަހަރެން މިއުޅެނީ ޖޯނީ އަހަރެންގެ ގެޔަށް އައިސް އަހަންނަށް އަނިޔާކޮށްފާނެތީ ބިރުވެރިކަމެއްގެ ތެރޭގައި" އެމްބާ ކޯޓްގައި ބުނި ކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެއެވެ.
ދެމީހުންގެ ދެމެދުގައި ހިނގި ހިތްހަމަނުޖެހުންތަކަށްފަހު އެމްބާ، ޖޯނީޑެޕްގެ ކައިރިން ވަރިވާން ފޯމް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ހޯމަދުވަހުގައެވެ.
ޖޯނީޑެޕްއާއި އެމްބާގެ ކައިވެންޔަށް 15 މަސްވިއިރު ދެމީހުންގެ ދެމެދުގައި ހަމަނުޖެހުން އުފެދި ތަފާތު މައްސަލަތައް މީގެ ކުރިންވެސް ފައިލް ކުރެވިފައި އެބަހުއްޓެވެ.
މިކަމާއި ގުޅިގެން ޖޯނީޑެޕް ވަކި އެއްޗެއް ބުނެފައި ނުވާއިރު އޭނާގެ ލޯޔަރު ބުނީ ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމާއި އެއްގޮތަށް އޭނާ އަމަލު ކުރާނެ ކަމަށެވެ.
ޖޯނީޑެޕް އޭނާގެ ކުރީގެ އަނބިމީހާ އާއި ކައިރި ނުވުމަށް ކޯޓުން އަމަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ