އެމްޕީއެލް އިން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ކުރިއަށް އޮތް ހަތަރު މަސްތެރޭ ހައްލުވާނެ

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުން މުދާ ކްލިއަރ ކުރުމަށާއި، އެހެނިހެން ޚިދުމަތްތައް ލިބިގަތުމަށް ދިމާވާ ދަތިތަކަށް ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުގެ ތެރޭ ވަރަށް ބޮޑު ހައްލެއް ހޯދައިދޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިިޓެޑްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
ޖުނައިދު ވިދާޅުވީ ބަނދަރާއި ބަނދަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ހުރިހާ ދިމާލަކުންވެސް ދަތިކަން ހުރިކަން ގަބޫލުކުރައްވާކަމަށާއި، މިގޮތުން  މުދާ ކްލިއާ ކުރުމަށް އެންމެ ބޮޑަށް ގޮންޖެހުން ކުރިމަތިވަނީ އެކަށީގެންވާ ވަރަށް މެޝިނަރީއާއި ވަސީލަތްތައް ނެތުމުން ކަމަށެވެ. މެޝިނަރީ އާއި އިކުއިޕްމަންޓް ނެތުމުގެ ސަބަބުން އަވަހަށް ހަލާކުވާ ބާވަތުގެ މުދާ ކޮންޓެއިނާތައް ވެސް ކްލިއާ ނުކުރެވި ދެތިން ދުވަސް ވަންދެން ކިއުގައި ބަހައްޓަން ޖެހޭ ކަމަށާއި އެހެން ބަހައްޓަން ޖެހުމުން ތަކެތީގެ އަގަށް ވެސް ބޮޑު ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ ކަމަށް ޖުނައިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުސްނުވެ ހުރި ކޮންޓެއިނާރ ތައް އެބަހުރި ކަމަށާއި، މީގެ ސަބަބުން ތަރުކާރީ ފަދަ އެއްޗެހި ހަލާކުވާ ކަމަށެވެ. "ޕެރިޝެބަލް ނޫނީ ތަރުކާރީ ބާވަތުގެ ކޮންޓެއިނާތައް ކްލިއާ ނުކުރެވި އެބަދޭ ތިން ހަތަރު ދުވަސް. އޭގެ ސަބަބުން އެ ތަކެތި ޝޯޓޭޖްވެގެން އަގު ދާން ނުޖެހޭ ވަރަށް މައްޗަށް އެބަ ދޭ. މިކަހަލަ ބައިވަރު ދަތިތަކެއް އެބަހުރި. ބަނދަރުގެ ހާލަތު ދަށަށް ގޮސްފައި އޮތުމުގެ ސަބަބުން ތަކެތީގެ އަގު ދާން ނުޖެހޭ ވަރަށް މައްޗަށް ގޮސްފައިވަނީ."
ޖުނައިދު ވިދާޅުވީ މަސައްކަތްތަކާއި ހިދުމަތް ހަރުދަނާކުރުމަށް ހޯދަންޖެހޭ އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ، މިގޮތުން ކެތި ހޯދަން ކޮންޓްރެކްޓަރެއް ހަމަ ޖައްސައި ސޮއިކުރަންޖެހޭ އެއްބަސްވުންތައް ވަރަށް އަވަހަށް ސޮއިކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޖުނައިދު ވިދާޅުވީ ބަނދަރުގެ ދަތިކަމަށް އޮތް ދާއިމީ ހައްލަކީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން ކަމަށާއި އެ ކަމަށް ސަރުކާރުގެ ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ. "އެމްޕީއެލް އިން މިހާތަނަށް ކަންތައް ކުރެވުނު ގޮތުގެ ވާހަކަ ދައްކާކަށް ނެތިން. އެކަމުގެ ޝަކުވާ ވިޔަފާރިވެރންނާއި އާންމުންނާއި ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުން ވެސް ކުރޭ. މިހާތަނަށް ބެލި ބެލުމުން 2 ގަޑި އިރާއި 45 މިނިޓުން ކޮންޓެއިނާއެއް ކްލިއާ ކުރެވެނީ ކަނޑާއި ހިސާބުން،" އޭނާ ވިދާޅުވީ އެއް ގަޑިއިރު ތެރޭ ވެރިފަރާތާއި ކޮންޓއޮނާ ހަވާލު ކުރެވޭ ދުވަސް އައުމަކީ ޓާރގެޓް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ