ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑިއްޖެއެވެ.
އެއާޕޯޓުން ކަރަންޓް ކެނޑުނީ މިރޭ 23:30 ހާއިރު އެވެ.
އެއާޕޯޓުން ކަރަންޓް ކެނޑުނު ސަބަބެއް އަދި ސާފެއް ނުވެއެވެ. އެއާޕޯޓުން ކަރަންޓް ކެނޑުނީ އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ކަމަށް މީސް މީޑިއާގައި ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވީ އެފަދަ އެއްވެސް ހާދިސާއެއް އެއާޕޯޓްގައި ހިނގައިގެން ނޫޅޭ ކަމަށެވެ.
އެއާޕޯޓުން ކަރަންޓް ކެނޑުނު އިރު ހޮންކޮންގް އެއާވޭސް އާއި ޓާކިޝް އެއާވޭސްގެ ދެފްލައިޓް ފުރަން ތައްޔާރުވެފައި އޮތެވެ. ކަރަންޓް ކެނޑުމުން އެދެފްލައިޓް ޑިލޭ ވިއެވެ. ނަމަވެސް މިހާރު ޓާކިޝް އެއާވެސްގެ ފްލައިޓް ވަނީ ނައްޓާލާފައެވެ.  ފުވައްމުލަކުން ފުރައިގެން އެއާޕޯޓްގައި ޖައްސަން އައި މޯލްޑިވިއަންގެ ފްލައިޓް ވަނީ ކަރަންޓް ކެނޑިފައި ވަނިކޮށް އެއާޕޯޓްގައި ޖައްސާފައެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ