ވިލާގެ މުވައްޒަފުން ދައްކަވާ ސާބިތުކަމަށްޓަަކައި ގާސިމް އިބްރާހީމް ޝުކުރު އަދާކުރައްވައިފި

ވިލާ ގުރޫޕްގެ ވިޔަފާރިތަކަށް ދަތިވާ ގޮތަށް ސަރުކާރުގެ ތެރެއިން ތަފާތު ފިޔަވަޅުތައް އަޅަމުންދިއުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅިގެން ވިލާ ގުރޫޕްގެ މުވައްޒަފުންނާއި އާއިލާތަކަށް ލިބެމުންދާ ގެއްލުމާ ދެރަ އިހްސާސް ކުރަންެޖެހިފައިވާ މިވަގުތުވެސް މުވައްޒަފުން ދައްކަވަމުން ގެންދަވާ ސާބިތުކަމަށްޓަކައި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވިލާގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ހިތްވަރު ދެއްވައިފި އެެވެ.
ގާސިމް އިބްރާހީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހުރިހާ ތަނެއްގައިވެސް ހުރިހާ އިރަކުވެސް އެތަނެއްގެ ކުރިއެރުމަކީ އެތަނެއްގައި މަސައްކަތް ކުރާ އިޚްލާސްތެރި ތެދުވެރި މުވައްޒަފުން ކަމަށެވެ. މިގޮތުން ވިލާގެ ކުންފުނިތަކުގެ ކުރިއެރުމަކީ ވެސް ތެދުވެރި އިޚްލާސްތެރި މުވައްޒަފުން ކަން ފާހަގަކުރައްވާ ވިލާގެ މުވައްޒަފުންނާއި މެދު އުފާކުރައްވާ ޝުކުރުވެރިކަމަށްވެސް ވިދާޅުވި އެވެ.
"ތިޔަ ލޮބުވެތި މުވައްޒަފުންނަށް ވެސް ފެނި އިހްސާސް ކުރެވެމުންދާ ފަދައިން އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ގާނޫނާއި ހަަމައާއި އިންސާފުގެ ބޭރުން ނުރައްކާތެރި ހިޔަނިތަކެއް މިހާރު ވަނީ އެޅިފަ އެވެ. އެކަމުގެ ގެއްލުމާއި ދެރަ އަޅުގަނޑާ އެކު ތިޔަ ލޮބުވެތި މުވައްޒަފުންވެސް ތިޔަ ގެންދަވަނީ އުފުއްލަވަމުންނެވެ. މިދަނޑިވަޅުގައި ކެތްތެރިކަމާއި ސާބިތުކަމާއެކު މުވައްޒަފުން ދައްކަމުން ގެންދާ ހިތްވަރު އަޅުގަނޑު ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ. މިވަގުތު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީވެސް ތިޔަ ލޮބުވެތި މުވައްޒަފުންގެ ތެދުވެރިކަމާއި ސާބިތު ކަމެވެ. އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ އިމަކީ އަބަދުވެސް ގާނޫނުގެ އިމެވެ. ހުރިހާ ކަމެއް ކޮށްފައިވާނީ އަދި ދެންވެސް ކުރަމުންދާނީ ގާނޫނުގެ އިމުގެ ތެރެއިން. އަޅުގަނޑުގެ ނަސޭހަތަކީ އިދި އިލްތިމާސަކީ ތިޔަ ލޮބުވެތި މުވައްޒަފުންވެސް އަބަދުމެ މި އިމުގެ ތެރޭގައި ސާބިތުވެ ތިބުމެވެ،" ގާސިމްގެ ބަޔާނުގައިވެ އެވެ.
މުވައްޒަފުންގެ ކުރިއެރުމަކީ އަބަދުވެސް ގަބޫލުކުރައްވާ ހަމައެއްކަން ފާހަގަކުރައްވަމުން މިބަޔާނުގައި ގާސިމް އިބްރާހީމް ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަށްޓަަކައި އެވަގުތަކު ކޮށްދެވެން އޮތް އެންމެ ރަނގަޅަށް މުވައްޒަފުންނާއި އާއިލާތަކަށް އެކަމެއް ކޮށްދެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް،، އަދި ކުރިއަށް އޮތް ތަނުގައިވެސް މިއުސޫލުން އަމަލުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ގާސިމް އިބްރާހީމް ވަނީ ވިލާގެ މުވައްޒަފުންނަށް ދެއްވާފަ އެވެ.
ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވީ ވިލާގެ ވިޔަފާރިތަކަށް ސރުކާރުގެ ފަރާތުން މިހާރު ކުރިމަތިކުރަމުންދާ ހުރަސްތަކާއި ފިއްތުއްތަކާއި އަދި ދެމުންގެންދާ ގެެއްލުންތަކަކީ ވިލާ އިން ގާނޫނާ ހިލާފުވުމުގެ ނަތީޖާ ނޫން ކަމަށެވެ. ވިލާ އިން ދުވަހަކުވެސް ގާނޫނުތަކާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަންވެސް ގާސިމް އިބްރާހީމް ވަނީ ދެއްވާފަ އެވެ. އެހެންކަމުން މިކަންކަމުގެ މައުލޫމާތު މުވައްޒަފުންނާ ހިއްސާކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ މުވައްޒަފުންނަށް އެނގި ޔަގީންކުރެވިފައި އޮންނަން ވާނެ ކަމެއް ކަަަމަށްވެސް ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ