ޒޯން 8 ގެ ފައިނަލް މެޗް މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 8 ގެ ފައިނަލް މެޗް މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ކުޅޭނެއެވެ.
މި މެޗްގައި ބައްދަލު ކުރާނީ ހިތަދޫ ފުޓްބޯޅަ ކްލަބާއި ފުވައްމުލަކު ދޫނިގަން، އެފްސީ ދޫނިގަލޯނާއެވެ. މުބާރާތުގެ ފައިނަލަށް އެފްސީ ދޫނިގަލޯނާ ދިޔައީ ފުވައްމުލަކު ބައިވެރިވި ހަމަ އެކަނި ޓީމްގެ ގޮތުގައެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 8ގެ ފައިނަލް ފުރަތަމަ ލެގްގައި ފުވައްމުލަކު އެފްސީ ދޫނިގަލޯނާ އާއި ހިތަދޫ އެފްސީ ބައްދަލު ކުރި މެޗް، މި މެޗް 2-0 ލަނޑުން ކާމިޔާބް ކުރީ ހިތަދޫ އެފްސީހިތަދޫ އެފްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ޓީމް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. ޒޯން 8 ގެ ފައިނަލް ދެ ލެގްގެ ތެރެއިން ފުރަތަމަ ލެގް މިމަހުގެ 7 ވަނަ ދުވަހު ފުވައްމުލަކު މައިލޯ ދަނޑުގައި ކުޅެފައިވާ އިރު އެ މެޗް 2-0 ލަނޑުން ކާމިޔާބް ކުރީ ހިތަދޫ ފުޓްބޯޅަ ކްލަބެވެ.
މިއަދުގެ މެޗް ބެއްލެވުމަށް ވީހާވެސް ގިނަ ބަޔަކު އައްޑޫ ސްޓޭޑިއަމްއަށް ވަޑައިގަތުމަށް ހިތަދޫ ޓީމުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ