މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑި ދަތިތަކެއް ކުރިމަތިވެއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ ހިދުމަތް ދެމުން ދިޔަ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނި ނަމަވެސް ޖަނަރޭޓަރަށް ދިމާވި މައްސަލައާއި ގުޅޭގޮތުން ސްޓެލްކޯ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މާލެއިން ކަރަންޓް ކެނޑި އިމާރާތްތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވާ މައްސަލައަކީ އާންމުކޮށް ދިމާވަމުންދާ މައްސަލައެކެވެ.
ކަރަންޓް ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނި ނަމަވެސް މައްސަލައަށް ހައްލު ލިބޭ ތަން ފެނިގެން ނުދާ ކަމަށް ސިޔާސީ ބޭފުޅުން އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ