ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމްގައި އުނި ކަންކަންތަކެއް އެބަހުރި ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ހުކުމްގައި އުނި ކަންކަންތަކެއް ހުރި ނަމަވެސް އެ އަމުރަށް ތަބާ ވާން ޖެހޭނެ ކަމަށެވެ. ސުއޫދު ވިދާޅުވީ ކޯޓު އަމުރަށް ތަބާވުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ވާޖިބެއް ކަމަށެވެ.
ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ނަވާޒް އާއި ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވާ ގޮތަށް އަމަލުކޮށް ތަބާވާނެ ކަމަށް ފުލުހުންނާއި ސިފައިން ބުނެފައިވާއިރު ސުއޫދު ވިދާޅުވީ އެއީ ކުށެއް ކަމަށެވެ.
ސިފައިންގެ ވެރިޔާވެސް ފުލުހުންގެ ވެރިޔާވެސް ހުވާ ކުރީ ބަންޑާރަ ނައިބު ވިދާޅުވާ ގޮތަށް ކަންތައް ކުރަން ނޫން ކަމަށާއި އެއީ ކޯޓު އަމުރު ތަންފީޒު ނުކުރަން ނެގޭނެ އުޒުރެއް ނޫން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި އުނި ކަންތައްތަކެއް އެބަހުރި: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ