ޑީޖޭއޭގެ ވެރިޔާ ހައްޔަރުު ކުރަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލު ކޮށްފި

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓިވްގެ އެޑްމިނިސްޓްރޭޓަރު އަހުމަދު ސައީދު ހައްޔަރު ކުރަން ދަށު ކޯޓުން ނެރެފައިވާ އަމުރު ސުޕްރީމް ކޯޓުން ބާތިލު ކޮށްފި އެވެ.
ސުޕްރީމް ކޯޓުން ދެންމެ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކަމަށްބުނެ ފުލުހުންދަނީ މާލެ، މުނިސިޕަލްޓީ ދަފްތަރު 2571، ހަސަން ސައީދު ހުސެއިން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ހޯދަމުންކަމަށް ބެނެ 04 ފެބްރުއަރީ 2018 ވަނަ ދުވަހު މޯލްޑީވްސް ޕޮލިސް ސާވިސް އާންމުކޮށްފައިވާ ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން، ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު އެންމެ އިސް އިދާރީ މުވައްޒަފު، ސުޑީޝަލް އެޑްމިނިސްޓްރޭޓަރ ހައްޔަރު ކުރުމުގެ އަމުރުނެރެ ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވެމުންދަނީ ހަމަޖެހިފައިވާ ގާނޫނީ އިޖުރާއާތާ
ހިލާފަށް އަދުލު އިންސާފުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމަށް މަގުފަހިވާގޮތަށްކަން އެނގެން އޮންނާތީ، އެ އަމުރަކީ ބާތިލް އަމުރެއްކަމަމަށް ކަނޑައަޅައި، އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ އަމުރރާގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭގޮތަށް މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހާ ލިޔުންތަކާކއެކު މައްސަލައިގެ ފައިލް 04 ފެބްރުއަރީ 2018 ގެ 19:00ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވުމަށް ކްރިމިނަލް ކޯޓަށް އަންގާ އަމުރު ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ