އެމްޑީޕީ އިން އޮޑިޓް ރިޕޯޓު ހުށަހަޅައިފި، މި ހަފްތާގައި ފައިސާ ހަވާލުކުރަން ފޮނުވާނަން: އީސީ

އެމްޑީޕީ އިން އެޕާޓީގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް ވިދާޅުވީ އެމްޑީޕީ އިން އެޕާޓީގެ އޮޑިޓް ރިޕޯޓު މިއަދު ހުށަހަޅާފައިވާ ކަމަށާއި ގާނޫނުގެ ދަށުން އެމްޑީޕީ އަށް ދޭންޖެހޭ ފައިސާ ދިނުމަށް މި ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށެވެ. ޕާޓީތަކަށް ފައިސާ ދޫކޮށްދޭން އީސީ އިން ފިނޭންސްގައި އެދުނީ މިމަހުގެ 23 ގައެވެ. އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ޕަޓީތަކަށް ފައިސާ ދޫކޮށްދޭން އޭރު އެދިފައިވާއިރު އޭރު ފައިސާ ދޫކޮށްދޭން އެދިފައިވަނީ ޕީއެމް އެމްޑީއޭ އަދި ޖޭޕީ އަށެވެ. މެމްބަރުންގެ އަދަދަށް ބަލައި އެންމެ ގިނަ ފައިސާ ލިބެނީ ޕީޕީއެމް އަށެވެ. އެއީ 11،538،660.13 ރުފިޔާ އެވެ. ދެން އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީ އެވެ. އެއީ 7،486،732.56 ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބެނީ 2،572،392.58 ރުފިޔާ އެވެ. އަދި އެމްޑީއޭއަށް ލިބެނީ 2،650،885.58 ރުފިޔާ އެވެ. ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައި ކޮންމެ މެމްބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ