ގެއްލިގެން ހޯދާ ކުއްޖާ އަދިވެސް ނުފެނޭ!

މާލެއިން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީޔާ އޮފިޝަލު ވިދާޅުވީ ހޯދަމުންދާ ކުއްޖަކީ އދ.ހަންޏާމީދޫ، ބްލޫހެވަން، ޢާއިޝަތު ޝިމްރީން ޢިމާދު ކަމަށެވެ. ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮގަސްޓް 27 ވަނަ ދުވަހު މެންދުރު އެއްގަޑި ތިރީސް ހާއިރު ކަމަށެވެ. ޝިމްރީން އާބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ، އެމައުލޫމާތު ފުލުހުންނަށް ލަސްނުކޮށް ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.  ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަކީ އާއިލާ އާއެކު މާލޭގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. ޝިމްރީން ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވާއިރު، އޭނާގެ އާއިލާއިންވެސް ވަނީ އޭނާ ހޯދުމަށް އެހީތެރިވުމަށް ސޯޝަލް މީޑިޔާގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ