ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ނުދިން މައްސަލަ މިއަދު ހޫނުވެއްޖެ އެވެ.
ޖޭޕީގެ އޮފީސް އަދި މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާތަކެއްހެން ގޮސް ތިއްބެވެ. ނަމަވެސް، އެ ރަސްމިއްޔާތު ނިންމާލީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ އެވެ. އެހެންވެ، ބައްދަލުވުން ނިމުނު ފަހުން، ޖޭޕީގެ އިސް ބޭފުޅުންނާއި ބައެއް ނޫސްވެރިންނާ ދެމެދު ހޫނު ޒުވާބުތަކެއް ވެސް ހިނގައި، ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކުރި އެވެ.
އުމަރު ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، ފޯމު ރިޔާޒްއާ ހަވާލު ކުރައްވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އުމަރުގެ ސަޕޯޓަރުން ވެސް ބައިވެރިވި ރަސްމިއްޔާތުގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު އެ ރަސްމިއްޔާތުގައި ނޯންނާނެ ކަމަށެވެ. އަދި އެ މާހައުލަކީ ނޫސްވެރިންނަށް ސުވާލު ކުރެވޭނެ މާހައުލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ މި ނިންމުމާ ގުޅިގެން ގިނަ ނޫސްވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ނޫސްވެރިން ބުނި ގޮތުގައި "ސުވާލު ނުކުރެވޭ ރަސްމިއްޔާތަކަށް އައުމުގެ ބޭނުމެއް ނެތް" ކަމަށެވެ. އަދި ކުރިން އެކަން އެނގުނު ނަމަ، ރަސްމިއްޔާތަށް ނާންނާނެ ކަމަށް ބައެއް ނޫސްވެރިން ބުންޏެވެ.
"އުމަރާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އެތައް ކޮރަޕްޝަންގެ މައްސަލަތަކެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން ފަޅާ އަރުވާލީ. ރައްޔިތުންނަށް އެކަމުގެ ހަގީގަތް ވީހާ ވެސް ތަފްސީލްކޮށް އެނގެން ބޭނުންވާނެ. އެކަމަކު އެ ފުރުސަތު ޖޭޕީންނާއި އުމަރު ނުދިނުމަކީ ވަރަށް ހިތާމަ ހުރި ކަމެއް،" ނޫސްވެރިއަކު ބުންޏެވެ.
ރަސްމިއްޔާތަށް ދިޔަ އެހެން ނޫސްވެރިއަކު ބުނީ، އުމަރު ޖޭޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެ ޕާޓީގެ ބައެއް ބޭފުޅުންނާއި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ހުރި ކަމަށެވެ. އެހެންވެ، އެކަމަށް އުމަރު ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެ ނޫސްވެރިޔާ ވެސް ބުންޏެވެ.
އުމަރު ޖޭޕީ އަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ފަހުން، ބައެއް ނޫސްވެރިން ވަނީ އުމަރާ ސުވާލު ކުރެއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު އެ ފުރުސަތު އުމަރު ނުދެއްވި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އުމަރު އިއްޔެ ވިދާޅުވީ ނޫސްވެރިންނާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި ނޫސްވެރިން ބޭނުންވެއްޖެ، ކޮންމެ އިރަކު، ގުޅައިގެން ސުވާލުތައް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު، އޭނާ ސޮއި ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަކީ ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ރަސްމިއްޔާތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ކޮންމެ އިރަކު ނޫސްވެރިންނަށް ގުޅާލައިގެން ސުވާލު ކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީން މިިނިވަން 50ގެ ހަރަކާތްތައް ހިންގީ މާލިއްޔަތު ގަވާއިދާ ހިލާފަށް އަދި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި ހޯމް މިނިސްޓްރީގެ 2015 ގެ އޮޑިޓް ރިޕޯޓުގައިވަނީ ބުނެފަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކުރި ކަން ކަމެވެ. އެކަމަކު، ރިޕޯޓުގައި ހުރި ކަންތައް އޭނާ އަށް އަމާޒުނުވާ ކަމަށާއި، ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
Ei alhugandah amaazuvaa thuhumatheh noon, corruption eh nuhingan: Umar
Mihaaru
ނޫސްވެރިންގެ ސުވާލުތަކަށް އުމަރު ފުރުސަތެއް ނުދެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ