ރަމަޟާން މަހުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދިނުމަށް އެދި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.
ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި އިސްގާޒީ އާދަމް އާރިފަށް އެޑްރެސް ކުރައްވާ ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ފޮނުވާފައިވާ ސިޓީގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ރައީސް މައުމޫން ބަންދުގައި ހުންނަވާތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެމަނިކުފާނަކީ އުމުރުފުޅުން 80 އަހަރަށް ވުރެ މަތިވެފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ވޭތުވެދިޔަ ހަމަހެއްހާ ދުވަހު އެމަނިކުފާނު އުޅުއްވަމުން ގެންދަވަނީ ބެނައިން ޕެރޮކްސިސިމަލް ޕޮޒިޝަނަލް ވަރޓިގޯ ބަލީގައި ކަމަށާއި އެ ބަލީގެ ސަބަބުން ކުއްލިއަކަށް ބޯއެނބުރުމާއި ކޮޅަށް ހުންނެވުމަށް ދަތިވާ ހާލަތްތައް މެދުވެރިވާނެ ކަން ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
މިކަމުގެ ސަބަބުން އަމިއްލައަށް އެއްވެސް ކަމެއް ނުކުރެއްވޭ ގޮތް ދިމާވާކަމަށާއި އެކަން އޮގޮތަށް ދިމާވާތީ ރައީސް މައުމޫން އެކަނި ހުންނަވަން ޖެހިވަޑައިނުގަންނަވާ ގޮތަށް އަބަދުވެސް އަރިހުގައި މީހަކު ހުންނަން ޑަކްޓަރުން އިރުޝާދު ދެއްވާފައިވާކަން ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ރަމަޟާން މަހުގައި އިތުރު ދަތިތަކާ ރައީސް މައުމޫނަށް ކުރިމަތިވާނެ ކަމަށް އަނބިކަނބަލުން ނަސްރީނާގެ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ރޯދަ ހިފުމާއި ރޯދަމަހަށް ހާއްސަ އަޅުކަންތައް ކުރުމުގައި އެކަނި އުޅުއްވަން ޖެހިވަޑައިގަތުމުން ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރަމަޟާން މަހު ރައީސް މައުމޫން ގެއަށް ބަދަލުކޮށްދިނުމަށް އާއިލާއިން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ