ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ މަސީހު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މަސީހު އަށް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނެވެ.
މަގާމުގެ ހުވާ ކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ފަތްކޮޅު އެމަނިކުފާނަށް އަރުވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެމްބަރަކު ވެސް އެ ކޮމިޝަންގައި އިންނަވަންޖެހެ އެވެ. ނަމަވެސް އަދި އެ މެމްބަރަކު މަޖިލީހުން ކަނޑައަޅާފައެއް ނުވެ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި އެޓާނީ ޖެނެރަލް އާއި ސުޕީރިއާ ކޯޓުތަކުގެ ގާޒީންގެ ތެރެއިން ބޭފުޅަކާއި ހައިކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވެސް އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަ އެވެ. އަދި ގާނޫނީ ވަކީލުންގެ ތެރެއިން އައްޔަން ކުރާ ބޭފުޅަކާއި އާންމުންގެ ތެރެއިން އައްޔަންކުރާ ބޭފުޅަކު ވެސް އެ ކޮމިޝަންގައި އިންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ