މެމްބަރު ހުސެއިންގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދިގު މުއްދަތެއްވަންދެން ކުރައްވާފައިވާ އަދި ރާއްޖޭގެ މީޑިއާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ.
ރައީސް ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރެއްވީ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވެ.އަދި، އެ މަނިކުފާނު ވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އަށް ވަޑައިގެން އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި އެ ތަނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ވެސް ސޮއިކުރައްވާފައެވެ.
އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ޕީ.އެސް.އެމް. ގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ނައިބު ރައީސް ފައިޞަލް ނަސީމު ވެސް ވަނީ މިއަދު ސޮއިކުރައްވާފައެވެ.
ޙުސައިން މުޙައްމަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން ތިން ދައުރެއްގައި ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، އެ މަނިކުފާނަކީ ސަރުކާރަށް 28 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ