”ގައުމު ވިއްކާލުމާ ދެކޮޅަށް “މިއަދު ހަވީރު މުޒާހަރާ ކޮށްފި

”ގައުމު ވިއްކާލުމާ ދެކޮޅަށް “މި ނަމުގައި މާލެއާއި ކޮވިޑް-19 އާގުޅިގެން މޮނިޓަރިން ހާލަތުގައި ނެތް ގިނަ ރަށްރަށުގައި މިއަދު ހަވީރު މުޒާހަރާ ކޮށްފިއެވެ.
އެގޮތުން އޭދަފުށީގައިވެސް ޕީޕީއެމް/ ޕީއެންސީގެ މެންބަރުންނާއި ސަރުކާރުން ރައްޔިތުންނާމެދު ކަން ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހޭ އެތައް ބަޔަކު ނުކުމެ ޕީޕީއެމް އޮފީސް ކުރިމަތީގައި މުޒާހަރާ ކޮށްފައެވެ.
މި މުޒާހަރާ އާ ބެހޭގޮތުން ޕީޕީއެމް ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގަދައަށް މުޒާހަރާ ޖެއްސިއްޖެ ކަމަށާއި ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން މިހާރު ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ. މިއަދުގެ މުޒާހަރާގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ވަރަަށް ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ ސަރުކާރަށް އަޑުއިއްވައިފި ކަަމަށާއި ނަމަވެސް އަމަލީ ސިފަ އައުން އޮތީ ސަރުކާރު އަޑުއަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ގޮތުން ގައިދުރުކަން ބަހައްޓަން އެޗް.ޕީ.އޭ އިން އަންގަމުންދިޔަ ނަމަވެސް، އެންމެން ބޮނޑިވެގެން ބޭއްވި ސައިކަލު ބުރުގެ މައްސަލާގައި ބަލަންޖެހޭ ކަންކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން އަންގައިގެން ފުލުހުން މައްސަލަ ބަލާފާނެ ކަމަށާއި ނަމަވެސް އެހާ ގިނަ އަދަދެއްގެ ބަޔަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިއަދުގެ އެއްވުމުގައި ރާއްޖެ ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލުމަށާއި ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ވެސް ވަނީ ގޮވާލައިފަ އެވެ.
ގައުމު ވިއްކާލުމާ ދެކޮޅަށް މުޅި ރާއްޖޭގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން..
އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް ނިކުންނަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިޔާއަށް ރާއްޖޭގެ ބައެއް ރަށްތައް ވިއްކާލެވޭ ގޮތަށް އިންޑިޔާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއް އެކުލަވާލި ކަމަށް ބުނެއެވެ. އަދި އެ އެއްބަސްވުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ގިނަ ފަހަރު އިލްތިމާސް ކުރި ނަމަވެސް އެކަން ސަރުކާރުން ޖަވާބެއް ނުދޭކަމަށް އިދިކޮޅުން ބުނެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ