ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށް ނިންމައި، ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. މުހައްމަދު އިބްރާހިމާއި، އަލްއުސްތާޒް އަލީ ރަޝީދު ހުސައިން އައްޔަން ކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް އެދިވަޑައިގެންފައިވާ ކަން ހާމަކުރައްވާފައެވެ. މިހާރުވެސް ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު، ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެއްވީ ސުޕްރީމް ކޯޓުގެ ބެންޗުން ފުރުސަތު ދެއްވާނެ ކަމަށް ސަރުކާރުން ޔަގީންކަން ދިނުމުން ކަމަށް މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ