އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުން ޝިޔާމް ސިފަކުރެއްވީ ނަހަލާލު ހުކުމަކަށް ހެދި ޑީލެއްގެ ގޮތުގައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައަލަތުން އުފުލި މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށް ނިންމައި، އެކަމުގެ އަދަބެއްގެ ގޮތުން ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ސޯލިހް ނިންމެވުމުން، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ، އަލީ ރަޝީދަށް ދޭން އުޅޭ މަޤާމަކީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި އޮތް އެއްޗެއް އަދި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނާއި ވަކީލުން ދެއްކެވި ވާހަކަފުޅުތަކަށްވެސް ރިއާޔަތް ކުރުމެއްނެތި ރައީސް ޔާމީންގެ މައްޗަށް ނަހަލާލު ހުކުމެއް އިއްވީތީ، ރައީސް ސޯލިހް ފަނޑިޔާރު އަލީ ރަޝީދަށް ދިނުމަށް އެއްބަސްވެ ހެދި ޑީލެއް ކަމަށެވެ.ޝިޔާމްގެ އިތުރުންވެސް އިދިކޮޅު ކޯލިޝަނުގެ އިސް ފަރާތްތަކުން ދަނީ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދޭން ނިންމުމުން އެކަމަށް ފާޑުކިޔަމުންނެވެ. ގާޒީ އަލީ ރަޝީދު ރައީސް ޔާމީނަށް ހުކުމް ކުރެއްވީ ސުޕްރީމް ކޯޓުގެ ބެންޗުން ޖާގަ ދޭނެ ކަމުގެ ޔަޤީންކަން ދިނުމުން ކަމަށް މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ