ސިވިލް ކޯޓްގެ ގާޒީ ނިހާޔަތު އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުންނެވި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ނިހާޔަތު ސަސްޕެންޑްކުރީ ކޯޓަށް ހުށަހެޅި މައްސަލައެއްގައި ދައުވާކުރި ފަރާތުން ހާޒިރުނުވެގެން ބާތިލްކުރި ގަޒިއްޔާއެއް ކުރިއަށް ގެންދިޔަ ކަމަށް ބުނެ ނިހާޔަތާ ބެހޭ ގޮތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. ނިހާޔަތު އިސްތިއުފާ ދެއްވިކަން މިއަދު ޖޭއެސްސީ އަށް ސިޓީއަކުން އަންގަވާފައިވާ ކަމާއި އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅުވެފައި ނުވާ ކަމަށް "ހަވީރަ"ށް އެނގިފައިވެ އެވެ. ނިހާތު އިސްތިއުފާ ދެއްވި އިރު 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިވިލް ކޯޓުގެ ގާޒީކަމުން އާއިޝާ ޝުޖޫން މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ނިހާޔަތާއި ޝުޖޫން އަކީ ސިވިލް ކޯޓުގައި ތިއްބެވި ހަމައެކަނި އަންހެން ދެ ގާޒީންނެވެ. ސިވިލް ކޯޓުން ފަހުން ނިންމާފައިވާ ބޮޑެތި ވަރަށް ގިނަ މައްސަލަތައް ބައްލަވާފައި ވަނީ މި ދެ ގާޒީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ