މިއުސަމް އައްބާސް
އެމް.ޑީ.ޕީ. އިން ކިތަންމެ ވަރަކަށް ސަރުކާރުން ހުށަހަޅާފައިވާ މަގުޗާޓާއި ހިލާފުވި ނަމަވެސް ސިޔާސީ މަޝްރަހު ހަމައަކަށް އެޅުވުމަށް ހުރިހާ ޕާޓީތަކުން ބާއްވާ ވާހަކަތައް ފެށުމަށް ތައްޔާރަށް ތިބިކަމަށް ސަރުކާރަށް ތާއީދުކުރާ އިއްތިހާދުން މިއަދު ބުނެފި އެވެ.
ސަރުކާރަށް ތާއީދުކުރާ އިއްތިހާދުން ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީ.އާރް.ޕީ.ގެ ނައިބު ލީޑަރ އިބުރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ އެމް.ޑީ.ޕީ. އިން ދަނީ ސަރުކާރުން ހުށަހަޅާފައިވާ މަގުޗާޓާއި ހިލާފަށް އެތައް ކަމެއް ކުރަމުން ކަމަށާއި އެހެން ނަމަވެސް އޭގެ މާނައަކީ މަޝްވަރާގެ ދޮރުބަންދުވީ ނޫން ކަމަށެވެ.
"އެކަމަކު ހުރިހާ ޕާޓީތަކުން އެއްބަސްވާންޖެހޭ ކަންތައްތަކެއް އެބަހުރި. މިސާލަކަށް މަގުޗާޓުގައި ވާނީ މިދިޔަ ހުކުރު ދުވަހު އެމް.ޑީ.ޕީ. އިން ބޭއްވި މުޒާހަރާ ނުބޭއްވުމަށް އެއްބަސްވެފައި. އެހެން ނަމަވެސް އޭގެ މާނައަކީ މަޝްވަރާގެ މޭޒުދޮށަށް ނުދާނެ ވާހަކައެއް ނޫން" ޝަރީފު ވިދާޅުވި އެވެ.
އިއްތިހާދުން ބުނީ އެއްބައިވަންތަކަމުގެ ސަރުކާރުގައި އެމް.ޑީ.ޕީ. އިން ބައިވެރިވުމަށްވެސް މަގުޗާޓުގައިވާނެ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް އެމް.ޑީ.ޕީ.ގެ ރެސްޕޮންޑެއް އެކަމަށް ލިބިފައި ނުވާކަމަށެވެ.
އިއްތިހާދުން މިހެންބުނި ނަމަވެސް އެމް.ޑީ.ޕީ. އިން މިހާތަނަށް ގޮވާލާފައި ވަނީ މިހާރުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށާއި މިސަރުކާރު އެޕާޓީން ގަބޫލު ނުކުރާނެކަމަށެވެ. އަދި ސަރުކާރުން މަގުޗާޓެއް ހަދަން ނުޖެހޭޢ ކަމަށާއި ސަރުކާރުން ކުރަން ޖެހޭ ކަމަކީ އިސްތިއުފާދީ އަވަހަށް އިންތިހާބެއް ބޭއްވުން ކަމަށެވެ. މިއަދު އިއްތިހާދުން ބުނެފައި ވަނީ އިންތިހާބެއް ބޭއްވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެންކަމަށާއި ޕާޓީތަކުން ވާހަކަދައްކާނީ ގާނޫނު އަސާސީ އިސްލާހު ކުރުމަށްކަމަށެވެ.
ކިތަންމެ ވަރަކަށް އެމްޑީޕީން މަގުޗާޓާއި ހިލާފުވިނަމަވެސް ވާހަކަތައް ފެށުމަށް ތައްޔާރު: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ