އުސްފަސްގަނޑުގައި ތިބި ބަޔަކު ފުލުހުންގެ ވެހިކަލަކަށް ގާ އުކައިފި

މާލެތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ވެހިކަލަކަށް އުސްފަސްގަނޑުގައި ތިބި ބަޔަކު ގާ އުކައިފިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިރޭ 10:40 ހާއިރު އުސްފަސްގަނޑު ކައިރިން ދިޔަ ފުލުހުންގެ ވެހިކަލަށް ގާ އުކާ ގެއްލުންދީފައިވާކަމަށާއި އެ މައްސަލަ ބަލަމުންދާކަމަށެވެ.
"ގާ އުކާފައިވަނީ އުސްފަސްގަނޑުގައި ތިބި ބަޔަކު،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އުސްފަސްގަނޑު ކައިރިން ދިޔަ ފުލުހުންގެ ވެހިކަލަށް މިރޭ ގާ އުކާ ގެއްލުންދިން އިރު މީގެ ދެ ދުވަސްކުރިން ވަނީ އުސްފަސްގަނޑު ކައިރިން ދިޔަ ދެ ފުލުހަކަށް ވެސް ހަމަލަދީފަ އެވެ. އެ ދެ ފުލުހުން ހިފަހައްޓާ އެ މީހުންގެ ގަޔަށް ވެލިޖެހިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ ވެހިކަލަކަށް އުސްފަސްގަނޑުގައި ތިބި ބަޔަކު ގާ އުކައި ގެއްލުންދިން އިރު އުސްފަސްގަނޑުން ފުލުހުން ގެންދިޔަ ތަކެތި މާދަމާ 10 ޖެހުމުގެ ކުރިން އުސްފަސްގަނޑަށް ގެން ގޮސް އެމްޑީޕީއާ ހަވާލުކުރުމަށް މިރޭ ވަނީ ސިވިލް ކޯޓުން އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ