ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހި ދައުލަތަށް އާމްދަނީގެ ގޮތުގައި ބޮޑު އެއްޗެއް ދައްކާނެ ކަމަށާއި އެގޮތަށް އަމަލުކުރާ އިތުރު އެއާޕޯޓެއް ރާއްޖޭގައި ނެތް ކަމަށް ވިލާ ގުރޫޕުގެ ޗެއާމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމިއްލަފުޅު ޚަރަދުގައި އުފަން ރަށް މާމިގިލީގައި ތަރައްގީކޮށް ވިލާ އެއާއިން އޮޕަރޭޓްކުރާ މާމިގިލި އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމަށް އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރާ ތެލުގެ ވިޔަފާރީގެ އަށް ޕަސަންޓްގެ ސަރުކާރަށް ދައްކަންޖެހޭ ކަމަށާއި އަދި ވިޔަފާރީގެ ސާފު ފައިދާއިން 15 ޕަސަންޓް ސަރުކާރަށް ދައްކަންޖެހޭއިރު
ޓެކްސްގެ ގޮތުގައިވެސް ފައިދާގެ ބައެއް ދައްކަންޖެހޭ ކަމަށެވެ.
"ނަމަވެސް އެއީ އަޅުގަނޑު ހިތާމަކުރާ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއިމެދު އެއްވެސް ފަރާތަކުން ގޯސް ވިސްނުމެއް ނުގެންގުޅުއްވުމަށް އެދިވަޑައިގަންނަވަމުން ޤާސިމް ވިދާޅުވީ މާމިގިލީ އެއާޕޯޓަކީ އެމަނިކުފާނާއި މަތިކުރެވުނު މަސްއޫލިއްޔަތެއް ކަމަށާ، އެއަށް އަމާނާތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވިޔަފާރީގެ ތެރެއިން އަންނަ ކޮންމެ އުފެއްދުމަކީ ރާއްޖެ އާއި ރައްޔިތުންނަށް ކޮށްދޭ ކަމެއް ކަމަށާ، އެމަނިކުފާނު ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫއުތަކަކީ ދިވެހި ދައުލަތަށް ވާރުތާވާން ހުރި މަޝްރޫއުތަކެއް ކަމަށެވެ.
ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތު ބޮޑު އެއްޗެއް ދައްކާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ