ޕިއްޒާ ބޯނާ ހަވީރު ބަދިގެ: މިރުހުލީ ކުކުޅު އަދި ކެރަމަލް ޕުޑިން
މިރުހުލީ ކުކުޅު ބޭނުންވާ ތަކެތި 1 ކުކުޅު (1.4 ގެ، ރިހަޔަށް ކޮށާފައި) 1 ސައިސަމުސާ ދިރި 1 ސައިސަމުސާ ދަވިއްގަނދު 7 ހިކިމިރުސް 4 ލޮނުމެދު 4 ފިޔާ 1 އިންޗި އިނގުރު 1 މޭޒުމަތީ ސަމުސާ ގިތެޔޮ 1 ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި 1 ޖޯޑު ކާށި ހުނި 2 ޖޯޑު ކާށި ކިރު ބައި ސައިސަމުސާ އަސޭމިރުސް ރީނދޫ، ލޮނު، ރޯމިރުހެއް ނުވަތަ ކުޑަ ގިތެޔޮމިރުސްކޮޅެއް، ހިކަނދިފަތް، ރާނބާފަތް ހަވާދު ހަދާ ގޮތް ކާށި ހުނި ޖޯޑުގެ ތެރެއަށް ދިރި، ދަވިއްގަނދު، ހިކިމިރުސް، ފޮނިތޮށިކާފޫރުތޮޅި، ރީނދޫ، އިނގުރު، ލޮނުމެދު، ފުރަތަމަ ފިޔާ، އަސޭމިރުސް، ހިކަނދިފަތް އެޅުމަށް ފަހު އެއްކޮށްލުން. ހިމުންކޮށް ފުނޑާލުން. ރިހަ ހަދާ ގޮތް ފުނޑާފައި ހުރި ހަވާދުކޮޅު، ކޮށާފައި ހުރި ކުކުޅުއެއްޗެއް އަޅައި، ލޮނުކޮޅެއް ލުމަށް ފަހު ރަނގަޅަށް އެއްކޮށްލާފައި ބެހެއްޓުން. ގިތެޔޮކޮޅުގެ ތެރެއަށް ބައިޖޯޑު ކާށި ކިރު އަޅާފައި، ރާނބާފަތް ލައިގެން ދެވަނަ ފިޔާ މީރުކުރުން. ފިޔާކޮޅު މޯޅި ވީމައި، ތައްޔާރު ކޮށްފައި ހުރި ކުކުޅުމަސްކޮޅު ތެލީގެ ތެރެއަށް އަޅާލުން. ދެ ޖޯޑު ފެން އަޅައިގެން ކެއްކުން. ރަނގަޅަށް ކުކުޅު ރޯފިލީމައި، ތިންވަނަ ފިޔާ ކޮށާލާފައި، ކާށިކިރާ އެއްކޮށް މޮޑެލާފައި ރިހަ ތެލީގެ ތެރެއަށް އަޅާލުން. ދެން މިރުސް އެޅުމަށް ފަހު ލޮނު ހެޔޮވަރު ކުރުން. ހަތަރުވަނަ ފިޔާ ކޮށާފައި، މޮޑެލާފައި، ރިހަ ތެލީގެ މައްޗަށް ބުރުއްސާފައި، ހިކަނދިފަތްކޮޅު ވެސް ބޮޑެތިކޮށް ކޮށާފައި، ރިހަ ތެލީގެ މައްޗަށް ބުރުއްސާލުން. ކެރަމަލް ޕުޑިން ބޭނުންވާ ތަކެތި 10 ކުކުޅު ބިސް 1 ދަޅު ގެރިކިރު 1 ސައިސަމުސާ ވެނީލާ އެސެންސު 3 މޭޒުމަތީސަމުސާ ހަކުރު ހަދާނެ ގޮތް ތަށްޓަކަށް ބިހާ، ގެރިކިރު އެޅުމަށް ފަހު ރަނގަޅަށް ގިރާލާފައި، ވެނީލާ އެސެންސު އެޅުން. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލުމަށް ފަހު ބެހެއްޓުން. ޓްރޭއަކަށް ހަކުރު އެޅުމަށް ފަހު، ކުޑަ ފެންފޮދެއް އަޅައިގެން ހަކުރުކޮޅު ކެއްކުން. ހަކުރުކޮޅު ކައްކާނީ މަޑު މުށި ކުލަ އަރާ ވަރަށް. ދެން އެ ޓްރޭގެ ތެރެއަށް (ކުރިން ތައްޔާރު ކުރި) ތަށި އޮއްސާލުން. އެ އަށް ފަހު ސްޓީމް ކުރުން ނުވަތަ ފިހުން. އެޑިޓަރުގެ ނޯޓް: މި ރެސިޕީތަކަކީ، ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ އަންނަނީ ދިވެހި ރަހަތަކަށް އިސްކަން ދީގެން އަމިއްލަ ގޭގައި އެތަކެތި ތައްޔާރުކޮށް، އޭގެ ހުރިހާ މައުލޫމާތަކާއި ފޮޓޯތައް ފޭސްބުކް ޕޭޖް "ރުމާ"ގައި ކިޔުންތެރިންނާ ހިއްސާ ކުރަމުންނެވެ. "ހަވީރު"ން މި ގެނެސްދެނީ ޚުރުޝިދާގެ ސަތޭކަ އަށް ވުރެ ގިނަ އުފެެއްދުމުގެ ތެރެއިން 60 ރެސިޕީއެކެވެ. ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް އޭނާގެ ކޮންމެވެސް ދިވެހި ރަހައެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ