ސ.މީދޫ މެޖިސްޓްރޭޓް ކޯޓު ތެރޭގައި އަޑު ގަދަކޮށް އަވަގުރާނަ ގޮވައި ގާޒީގެ މަސައްކަތަށް ހުރަސްއެޅި ދެމީހަކު ތިން މަސް ދުވަހަށް ޖަލަށްލުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މީދޫ މެޖިސްޓްރޭޓް ކޯޓު ތެރޭގައި ނުކިޔަމަންތެރި ދެއްކުމުން 3 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ހުޅުދޫ މުޝްތަރީގޭ އަބްދުލް މުއްނިމް 22، އާއި އެ ރަށު ސަންފްލާވާ އަހުމަދު އިފްޒާލް، 20، ގެ މައްޗަށެވެ.
މިދެމީހުންގެ ކުށް ސާބިތުވާ ކަމަށް ގާޒީ ނިންމެވީ ޝަރީއަތުގައި ދެމީހުން ވެސް އެކަމަށް އިއުތިރާފުވުމުންނެވެ.
ކޯޓު ތެރޭގައި މިދެމީހުން ނުކިޔަމަންތެރިކަން ދައްކާފައި ވަނީ 23 ޖޫން 2009 ވަނަ އަހަރު ހުޅުދޫގައި ގްރޫޕް ހަދައިގެން ހިންގި މާރާމާރީއަކާއި ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުންނެވެ.
ގާޒީ އާއި ދިމާލަށް އަވަގުރާނަ ގޮވި ދެމީހަކު 3 މަސް ދުވަހަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ