މިދިޔަ އަންގާރަ ދުވަހު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ 2 އަހަރުފަހުން ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒް އަވަހާރަވުމާއި ގުޅިގެން އެގައުމުގައި އަނެއްކާވެސް ރިޔާސީ އިންތިހާބެއް ބާއްވާއިރު އެ އިންތިހާބު އަންނަ މަހު 14 ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ރިއާސީ ހަ އަހަރުގެ ދެ ވަނަ ދައުރެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކާމިޔާބުކުރެއްވި ޗާވޭޒް ކެންސަރު ޖެހިފައިވާކަން ފުރަތަމަ އެނގުނީ 2011 ވަނައަހަރު އެވެ. ކެންސަރާ އެކު އޭނާގެ ސިއްހަތު ނުރައްކަލަށް ހުށަހެޅުނުއިރު ކިއުބާގައި ހަތަރު އޮޕަރޭޝަނެއް ވަނީ ކުރައްވައިފަ އެވެ.
ޗާވޭޒް އަވަހާރަވެފައި ވަނީ، ރިއާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ކަމުގެ ހުވާ ނުކުރެއްވި އުޅުއްވަނިކޮށެވެ. ވެނެޒުއޭލާގައި ރިއާސީ އިންތިޚާބެއް ބޭއްވުމާއި ހަމައަށް ޗާވޭޒްގެ ވެރިކަމުގައި އައްޔަންކުރެއްވި ނާއިބު ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިއްޔެ ވަގުތީ ސަރުކާރެއް އެކުލަވާލެއްވުމަށް ފަހު، ރައީސްކަމުގެ ހުވާކުރައްވާފަ އެވެ.
ވެނެޒުއޭލާގެ އިންތިޚާބާބެހޭ ކޮމިޝަނުން ތާރީޚު އިއުލާނުކުރުމާއެކު، އިދިކޮޅު ފަރާތްތަކުން ވަނީ، ރިއާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރައްވާނީ، މިދިޔަ އަހަރު ބޭއްވި ރިއާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ހެންރިކު ކެޕްރިލްސްކަން އިއުލާނުކޮށްފަ އެވެ.
ވެރިކަން ކުރާ ޔުނައިޓެޑް ސޯޝަލިސްޓް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އެ ޕާޓީން ބުނެފައިވަނީ، ވަގުތީ ސަރުކާރުގެ ރައީސް އަދި ޗާވޭޒްއަށް ފަހު ޕާޓީގެ ރިއާސީ ކެންޑިޑޭޓުގެ ގޮތުގައި ނިންމެވި މަޑޫރޯ ކަމަށެވެ.
ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ