ކުރިން އެންގުމަކާއި ނުލައި އަގު ބޮޑުކޮށްފައިވާ އެޕްރީލް މަހުގެ ބިލަށް ފައިސާ ނުދައްކާ ނަމަ އެފަރާތްތަކުގެ ކަރަންޓުގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަނަށް ކަނޑާލެވޭނެ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ސ.ހިތަދޫ އެމް.އެމް ޓްރޭޑާސް އަށް ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަނުން ކަނޑާލުމާއި ގުޅިގެން އެފިހާރައިގެ ވެރިފަރާތުން ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައި ވަނީ ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތުން ބިލާއި ހަވާލުނުވެއްޖެ ނަމަ ކަރަންޓު ކަނޑާލުމުގެ އިޚްތިޔާރު ފެނަކަ ކޯޕަރޭޝަނަށް ލިބިގެންވާ ކަމަށް ، ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތާއި ފެނަކަ ކޯޕަރޭޝަނާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާލުމުން އެނގެން އޮންނަ ކަމަށެވެ.
އެމް.އެމް ޓްރޭޑާސް އިން ހުށަހެޅި މައްސަލަ އެންމެ ފުރަތަމަ ބައްލަވަމުން ގެންދެވި މެޖިސްޓްރޭޓް އަބްދުﷲ ފާރޫގު އިބްރާހިމް އެވެ. އޭނާ ވަނީ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެމް.އެމް ޓްރޭޑާސް ފިހާރައަށް ކަރަންޓު ގުޅައިދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ވަގުތީ އަމުރެއް ވެސް ނެރުއްވާފައެވެ.އެހެންނަމަވެސް މިއަދު މެންދުރު ފަހު ކުއްލި ގޮތަކަށް ހިތަދޫ ކޯޓަށް ގެނައި އިދާރީ ބަދަލު ތަކާއި ގުޅިގެން އެމައްސަލަ ބެއްލެވުން ހަވާލުކޮށްފައިވަނީ މެޖިސްޓްރޭޓް މަރްޔަމް ވަޙީދާއި އެވެ.
މިރޭ ހިތަދޫ ކޯޓުން އިއްވި ޙުކުމްގައި ވަނީ އެބާވަތުގެ މައްސަލަތަކުގައި ވެސް ދެން އަމަލު ކުރަމުން ގެންދާނީ އެ ޙުކުމާއި އެއްގޮތަށް ކަމަށާއި މީގެ ކުރިން ނެރުނު ވަގުތީ އަމުރު ވެސް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ހިތަދޫ ކޯޓުގެ ޙުކުމް
ފެނަކަ ކޯޕަރޭޝަނަށް ކަރަންޓު ކަނޑާލެވޭނެ ކަމަށް ހިތަދޫ ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ