އިސްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިސްދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން އިންތިޒާމުކޮށްގެން ދާއިރާއަށް ހުޅުވާލައިގެން ބާއްވާ 6 ވަނަ އައިވައިޑީ ކަޕުގެ ކުޅުން ފަށައިއެވެ.
މުބާރާތް ހުޅުވި މެޗުގައި ބައްދަލުކުރީ ޑީވައިއޭ އާއި ލޮރާޑޯ އެފްސީއެވެ. މި މެޗު ލޮރާޑޯ ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޮރާޑޯ ގެ އަހުމަދު އަކުރަމެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ޑީވައިއޭ ޖޭ އާއި އޭޑީޑީ އެވެ. މި މެޗު 1-0 އިން ކާމިޔާބުކުރީ އޭޑީޑީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗު ކާމިޔާބުކުރި އޭޑީޑީ ޓީމުގެ ހަސަން މުރުތަލާ އެވެ.
މުބާރާތް ކުރިޔަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ޑީޔައިއޭ އާއި ލޮރާޑޯ އާއި ޑީޔައިއޭޖޭ އާއި އޭޑީޑީ އެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ވެސްޓް ސިޓީ އާއި ޓީސީ އާއި ރިއޯ ގެ އިތުރުން ބަނޑު އެވެ. މިމުބާރާތުގެ ސެމީފައިނަލް މެޗުތައް ޖެނުއަރީ 5 ގައި ބާއްވާއިރު ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 7 ގައެވެ.
މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވެސްޓް ސިޓީއާއި ޓީސީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ރިއޯ އާއި ބަނޑު އެވެ.
މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ އަލީ ހަމީދެވެ. މުބާރާތުގެ އޮފިޝަލް ޑްރިންކް ޕާޓްނަރަކަށް ޑަބްލިއު އެންޑް އޭ އޯވަސީސް އަދި މީޑިއާ ޕާޓްނަރަކީ ވީ މީޑިއާ އެވެ. މީގެއިތުރުން މުބާރާތުގެ މެޑިކަޕް ޕާޓްނަރަކީ މެޑި ޕްރޯ އެވެ.
އައިވައިޑީ ކަޕް 2018 ގެ ކުޅުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ