ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް އައްޔަންކޮށް އޭނާ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައީސް ޔާމީން ނިންމަވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާ އާޒިމާ ސުޕްރީމް ކޯޓަށް އައްޔަންކުރަން ކުރާ މަސައްކަތަށް އެޅުނު ގޮތަކަށް ހުރަސްއަޅާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރްޖަމާން އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މެންބަރު މަހުލޫފް މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއްގެ ކުރިން މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.
މަހުލޫފް ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް އައްޔަންކޮށް އޭނާ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައީސް ޔާމީން ނިންމަވާ އެކަން ރައީސް ޔާމީނަށް ތާއީދުކުރާ މަޖިލީސް މެންބަރުންނާއި ހިއްސާކުރައްވާފައިވާކަމަށެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ސަރުކާރުން ދަނީ ރާވަމުންކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ އާޒިމާ އުއްތަމަ ފަނޑިޔާރުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދަނީ އިތުރު ޖަރީމާތަކެއް ހިންގުމަށްކަމަށެވެ.
މަހުލޫފް ވިދާޅުވީ އާޒިމާ ސުޕްރީމް ކޯޓަށް އައްޔަންކުރަން ކުރާ މަސައްކަތަށް އެޅުނު ގޮތަކަށް ހުރަސްއަޅާނެކަމަށެވެ. އަދި އެކަމަށް އެހެން އެއްވެސް މުއައްސަސާއަކުން ފުުރުސަތު ނުދިނުމަށްވެސް މަހުލޫފް ވަނީ ގޮވާލައްވާފައެވެ.
މަހުލޫފް ވިދާޅުވީ އާޒިމާ ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ޔާމީން މަސައްކަތް ކުރަމުންދަނީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދު މަގާމުން ދުރުކުރުމަށްކަމަށެވެ.
އާޒިމާ ސުޕްރީމް ކޯޓަށް އައްޔަންކުރަން އުޅެނީ އިތުރު ޖަރީމާތަކެއް ހިންގަން: މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ