ފުލުހުން އެންދެރިމާގެއަށް ވަނީ ގަދަކަމުން: މައުމޫން

ފުލުހުން އެންދެރިމާގެއަށް ވަނީ ކޯޓް އަމުރުގައިވާ ގޮތާ ހިލާފަށް ގަދަކަމުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އެންދެރިމާގޭގައި ވަޑައިގެން ނޫޅުއްވަނީސް ފުލުހުން އެގެއަށް ވަނުމާ ގުޅިގެން އެކަން ކުށްވެރިކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކޯޓު އަމުރުގައި އޮތީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާ ގުޅޭ ތަންތަން ބަލައި ފާސް ކުރުމަށް ކަމަށެވެ. އެކަމަކު އެންދެރިމާގޭގައި ފާރިސްގެ ކޮޓަރިއެއް، އޮފީހެއް ވެސް ނުހުންނާނެ ކަަމަށް ފުލުހުންނަށް ދެންނެވުމުންވެސް އެންދެރިމާގެއަށް ވަދެގަތީ ކަމަށައި އަދި ތަންތަނާ ތަކެތި ވެސް ބަލަން ފެށީ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ