މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކ. ހޮޅުހަލީގައި ރިސޯޓެއް ހެދުމަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މަސައްކަތްތެރިންތަކެއްގެ ތެރެއިން ބަންގްލަދޭޝްގެ މީހަކު މޫދަށް ފޭބި ގޮތަށް ނުފެނިގެން އޭނާ ހޯދަން ފަށައިފި އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ކ.އޮޅުހަލީ ޖެޓީ މަތިން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)އަށް ލިބުނީ މިރޭ 20:25 ހާއިރު ކަމަށެވެ.
މިމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދު "މާފަތް" އެސަރަހައްދަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ މީހާ މޫދަށް ފައިބާފައިވަނީ މި މީހާގެ ފައިވާން މޫދަށް ވެއްޓުމުން ފައިވާން ނެގުމަށް ކަމަށާއި އަދި މި މީހާއަކީ ފަތަން ދަންނަ މީހެއް ނޫން ކަމަށެވެ.
މި މީހާގެ ހަބަރެއްވޭތޯ އެސަރަހައްދުން ދަތުރުކަރައްވާ ފަރާތްތަކުން ސަމާލުކަން ދިނުމާއި އަދި މި މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ