މަޖިލިސްގެ، ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ނަހުލާ ހަމަ ޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ނަހުލާ އަލީ ހަމަ ޖައްސައިފިއެވެ.
ނަހުލާ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ހަމަޖައްސާފައިވާކަން ޖާބިރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައެވެ.
ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އައި ޤަވައިދުގެ ދަށުން ކޮންމެ މަޖްލިސް މެމްބަރަކަށްވެސް އެ މެމްބަރެއްގެ ދާއިރާގެ މަަސައްކަތްތައް ކުރުމަށްޓަކައި މަޖްލިސް އިމާރާތުގެ މޭޒެއް ހަމަޖެހި، އެތަނުގައި މަސައްކަތް ކުރުމަށްޓަކައި ސެކްރެޓޭރިއެޓްއެއް ހަމަ ޖެއްސުމުގެ ފުރުސަތު ލިބިފައިވާތީ އެ ދާއިރާގެ ސެކްރެޓޭރިއެޓެއްގެ ގޮތުގައި ނަހުލާ ހަމަ ޖައްސާފައިވާ ކަމަށެވެ.
ޖާބިރު ވަނީ އެގޮތަށް ހަމަޖެއްސުމާއެކު، ނަހުލާއަށް މަޖިލިސް އިދާރާއަށް ވަދެ ނުކުމެވޭ އިންތިޒާމުތައް ހަމަޖައްސައިދެއްވައި މަސައްކަތް ކުރެވޭނެ ފަދަ ގޮތަކަށް މޭޒުކޮޅު ތަރުތީބުކޮށް ދެއްވުމަށް އެދިލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ