ގޮނޑި ގެއްލޭ ހުކުމަކީ ސުޕްރީމް ކޯޓުގެ ޣައިރު ގާނޫނީ އަމަލެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ބަލައިނުގަންނަވާނެ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ލަންކާގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ގާނޫނު އަސާސީގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ސުޕްރީމް ކޯޓުން ކުރަން ހުއްދަ އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ ސުޕްރީމް ކޯޓުން ހުކުމެއް ނެރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އެހެންކަމުން ހުކުމް ބަލައިނުގަންނަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ