ރ. އަލިފުށީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފުށިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އަލިފުށީގައި ހުންނަ ރީޖަނަލް ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުގައި (އާރުވީޓީސީ)ގައި ހުރި ކަރަންޓު ފޮށްޓެއްގައި ރޯވެގެން ކަމަށެވެ.
މިރޭ 07:00 ހާއިރު ހިނގި މިހާދިސާ ދިމާވާން މެދުވެރި ސަބަބު އަދި އެނގިފައިނުވާ އިރު ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ މިރޭ ކަމަށާއި ހާދިސާ ހިނގައިދިޔައީ އެރަށު ސިނާއީ ސަރަހައްދުގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮށްޓެއްގައި އަލިފާން ރޯވެގެން ކަމަށެވެ.
އަލިފުށީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށްޓެއްގައި މިރޭ ރޯވި އިރު ރޭގެ ވަގުތެއްގައި ވަނީ އަލިފުށީގައި އޮޑިދޯނީގެ މަސައްކަތް ކުރާ އަމިއްލަ މީހެއްގެ ގުދަނެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވެފައެވެ. އެ ހާދިސާގައި ތިން މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އެމައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަލިފުށީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށްޓެއްގައި އަލިފާން ރޯވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ